Maabaidhoo Women's Development Committee, the council, the MNDF and this council have launched an exercise program for women.
މި ޕްރޮގްރާމުގައި 38 އަންހެން ކަނބަލުން ބައިވެރިވެފައިވާ ކަމަށް Women's Development Committeeގެ ރައީސާ މި ކައުންސިލަށް މައުލޫމާތު ދެއްވާފައިވެއެވެ. މި ޕްރޮގްރާމަކީ އތމ Committeeގެ 2023 ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ ޚަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޚަރަކާތެއް ކަމަށާއި މި ޕްރޮގްރާމަކީ 1 މަސް ދހުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެއް ކަމަށްވެސް މައުލޫމާތު ދެއްވިއެވެ. ކޮންމެ ބައިވެރިއެއްގެ އަތުން -/100 ރުފިޔާ އިދާރީ ފީއެއްގެ ގޮތުގައި ނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމު ހިންގައިދެނީ އެމް އެން ޑީ އެފްގެ ޓްރޭނަރުން ކަމުގައިވެސް މައުލޫމާތު ދެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިންގެ ތެރެއިން %80 އެޓެންޑެންސް ހަމަކުރާ ފަރާތްތަކަށް ސެޓިފިކެޓް ލިބުމުގެ އިތުރުން ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންގެ ތެރެއިންދެ ފަރާތަކަށް އތމ Committeeގެ ފަރާތުން އެވޯޑެއް އަރުވާ ގޮތަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް އަދިވެސް ބައިވެރިން އިތުރަށް ޖޮއިން ކުރަން ބޭނުންވެ ހުށަހަޅަމުން ދާކަމަށް Committee Chair މައުލޫމާތު ދެއްވައެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން އަންހެން ކަނބަލުންގެ ދުޅަހެޔޮކަން އިތުރުވެ، ދޭދޭ މީހުންގެ ދެމެދުގައި އެކުވެރިން އާލާވުމުގެ އިތުރުން މުޖްތަމައުގެ ގުޅުން ބަދަހިވެގެން ދާނޭކަން ފާހަގަ ކުރަމެވެ.