All news

Maabaidhooގައި އައިސް ޕްލާންޓް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ

8 Nov 2025

"އި ންޑިއަން ގްރާންޓް އެސިސްޓެންސް ފޮރ އިމްޕްލިމެންޓޭޝަން އޮފް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕެރޮޖެކްޓްސް ތްރޫ ލޯކަލް ބޮޑީޒް" ސްކީމްގެ ދަށުން L. Maabaidhooގައި އައިސް ޕްލާންޓެއް ތަރައްޤީކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި Haddhunmathi Maabaidhoo ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގައި މިއަދު 19 ފެބްރުވަރީ 2023 ދުވަހު ހެނދުނު 10:00 ގައި ބޭއްވުނު ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ Mr. މުޙައްމަދު ސައީދެވެ. އަދި ކައުންސިލްގެ ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ President of the Council Mr. އިބްރާހީމް ވިސާމެވެ.

06 މަސްދުވަސްތެރޭގައި ނިންމާގޮތަށް ވެވުނު މި އެއްބަސްވުމާއިއެކު ރަށުގެ މަސްވެރިންނަށް އަދި އަތޮޅުގެ މަސްވެރިންނާއި ރާއްޖޭގެ ގިނަ މަސްވެރިންނަށް އަތޮޅުން އައިސް ހޯދުމުގައި ފަސޭހަ ތަކެއް ވެގެންދާނެއެވެ. މި ވަގުތު އަތޮޅުން އައިސް ދޫކުރުމުގެ ޙިދުމަތް ދެމުން ގެންދަނީ ލ. އަތޮޅު މާންދޫން ކަމުގައިވެސް ފާހަގަ ކޮށްލެވެއެވެ.

މި މަޝްރޫޢު އަކީ މިނިސްޓްރީ އޮފް ފިޝަރީޒުން މަސްވެރިންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން މަސްރޫއެއް ކަމުގައިވެސް ފާހަގަ ކުރަމެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ކައުންސިލުން ކޮންޓްރެކްޓަރަކު ހޯދުމަށް 2 ފަހަރެއްގެ މަތިން އިޢުލާންވެސް ކުރެވިފައިވެއެވެ. ނަމަވެސް އެކި ސަބަބުތަކާއިހުރެ ލައްވާތީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިމަށް ސަރުކާރުން ނިންމުމާއި ގުޅިހެން މިހާރު މިވަނީ މި މަސައްކަތް ފެށުމަށް ވާންޖެހޭ All ތައްޔާރީއެއް ނިމިފައިކަން ފާހަގަ ކުރަމެވެ.

ކައުންސިލްގެ އުއްމީދަނީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ފައްޓާ ހުއްޓުމެއްނެތި ކުރިއަށް ގޮސް މަސައްކަތް ނިންމާ ތަނުގެ ޙިދުމަތް 6 މަސް ފަހުން އައިސް ހޯދުމަށް އުފުލަންޖެހޭ ތަކްލީފަށް ލުއިކަމެއް ލިބިގެންދިއުމެވެ.