All news

ކައުންސިލްގެ ސްޓާފްނައިޓް 2022 ބާއްވައިފި

8 Nov 2025

Maabaidhoo ކައުންސިލުން އިންތިޒާމުކޮށްގެން ކައުންސިލްގެ ދެވަނަ ސްޓާފް ނައިޓް ބާއްވައިފިއެވެ. 31 ޑިސެމްބަރ 2022 ދުވަހުގެ ރޭ 20:30 ގައި Maabaidhoo ޔޫތު ސެންޓަރުގައި ބޭއްވުނު ސްޓާފް ނައިޓަކީ ކުރީ އަހަރާއި ބަލާއިރު އެތަކެއް ގޮތުން ތަފާތު ސްޓާފް ނައިޓެއްކަން ފާހަގަ ކުރަމެވެ.

މިފަހަރުގެ ސްޓާފް ނައިޓުގައި ދާއިރާގެ All ރަށެއްގެ ކައުންސިލްތަކުގެ ރައީސުންނާއި އަވަށްޓެރި މުންޑޫ ކައުންސިލްގެ ރައީސަށްވެސް ދައުވަތު އަރުވައިގެން ބޭއްވި ރައްމިއްޔާތުގައި ރަށުގައި ހުރި All މުވައްސަސާ ތަކެއްގެ ވެރިން ބައިވެރިވެފައިވާކަން ފާހަގަ ކުރަމެވެ.

މުވައްސަސާތަކުގެ ވެރިން

 

 

 

 

 

 

 

 

 

މި ފަހަރުގެ ސްޓާފަ  ނައިޓް ހާއްޞަ ކުރެވިފައިވަނީ ކައުންސިލްގެ All މުވައްޒަފުންގެ ވޯކިން ޔުނީފޯމް ތައާރަފް ކުރުމާއި ސްޓާފް ކާޑު ތައާރަފް ކުރުމުގެ އިތުރުން ލައުންސިލްގެ ލޯގޯ ރަސްމީކޮށް އިފްތިތާހު ކުރުމަށެވެ.

ސްޓާފް ޔިނީފޯމް ދައްކާލުން

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި އައްޞެއިޙް މުޙައްމަދު ޚަލީމް ބައިވެރިވެ ވަޑައިގެންނެވުން ވެގެންދިޔައީ މި ރަސްމިއްޔާތު އިތުރަށް ފުރިހަމަ ވެގެން ދިޔަ ކަމަކަށެވެ.

މިރަސްމިއްޔާތު ފެށިގެން ދިޔައީ ރޭގަނޑު 20:30 ގައި ލ. އަތޮޅު މަދަރުސާގެ ދަރިވަރު އަލައިކާ އަޙްމަދު ހާޝިމްގެ ޤުރުއާން ކިޔެވުމުގެ ބަރަކާތުންކަން ފާހަގަ ކުރަމެވެ. ރަސްމިއްޔާތު ތައާރަފް ކުރުމުގެ ގޮތުން ކައުންސިލް އޮފިޝަރ އަޙްމަދު އަސްލަމް ވާހަކަ ދައްކާފައިވާކަން ފާހަގަ ކުރަމެވެ.

އަހްމަދު އަސްލަމް ރަސްމިއްޔާތު ތައާރަފް ކުރަނީ

މުވައްޒަފުންގެ ފަރާތުން އަޙްމަދު ޢަބްދުއްރަޙްނު ވާހަކަ ދެއްކުމުގެ އިތުރުން ލޯގޯ ތައާރަފް ކުރުމުގެ ގޮތުން އ ކައުންސިލް އެގްޒެކްޓިވް އަޙްމަދު ނައުފަލު ވަނީ ލޯގޯ އާއި ބެހޭގޮތުން ރަސްމިއްޔާތުގެ ބައިވެރިންނަށް މައުލޫމާތު ދީފައެވެ.

ޝުކުރު Nextނެވުމުގެ ގޮތުން Councilor މުޙައްމަދު އަޖުވަދު ވާހަކަ ދައްކާފައިވާކަންވެސް ފާހަގަ ކުރަމެވެ. އަދި މި ރަސްމިއްޔާތުގައި މި ކައުންސިލްގެ Women's Development Committeeގެ ލޯގޯވެސް ތައާރަފްކޮށް ރަސްމީކޮށް ދައްކާލާފައިވާކަން ފާހަގަ ކުރަމެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަ ފުޅުގައި މިފަދަ ރަސްމިއްޔާތެއް މިހާ ފުރިހަމައަށް އިންތިޒާމު ކުރުމުގައި ކައުންސިލްގެ ސްޓާފުން ދެއްކެވީ ނަމޫނާއެއްކަމަށާއި އަބަދުވެސް All ސްޓާފުން މަސައްކަތް ކުރަންވީ އެކުވެރިކަމާއި އެއްބައިވަންތަ ބައެއްގެ ގޮތުގައި ބަދަހި ކަމާއިއެކު މަސައްކަތްކޮށް ނަތީޖާ ޚާޞިލްކުރާ ބަޔަކަށްވުމަށް ކަމަށާއި އެއްވެސް ހާލެއްގައި އެކަކު އަނެކަކަށް ކުއްދައްކާ މާހައުލެއް ޤާއިވްވިޔަ ނުދިނުމަށް All ސްޓާފުންވެސް މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ. އަދި މިފަދަ ރަސްމިއްޔާތެއްގެ ސަރަފުވެރިކަން ކުރެއްވުމަށް ދައުވަތު ދެއްވީތީ ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.

ރައްމިއްޔާތުގެ ބައިވެރިންގެ ޝަރަފުގައި ރޭގަނޑުގެ ފަރިއްކޮޅެއްގެ އިތުރުން ސްޓާފުންގެ މުނިފޫހި ފިލުވުމުގެ ޚަރަކާތްތަކެއްވެސް ކުރިއަށް ގެންދެވިފައިވާކަން ފާހަގަ ކުރަމެވެ. އަދި ކައުންސިލްގެ ސްޓާފް ނައިޓެއް ފުރަތަމަ ބޭއްވުނީވެސް ކައުންސިލްގެ 4 ވަނަ ދައުރުގައި މިހާރު އޮތް ކައުންސިލައި 2021 ވަނަ އަހަރު އެފްރީލް މަހުގައިކަންވެސް ފާހަގަ ކުރަމެވެ.