ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މި ކައުންސިލާއި މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ Committeeގެ ޓީމެއް ދ އަތޮޅަށް ފުރައިފިއެވެ. މި ޓީމު ދ އަތޮޅަށް ފުރާފައިވަނީ 02 ޑިސެމްބަރ 2022 ދުވަހުގެ މެންދުރުފަހު 14:30 ގައި އަތޮޅު ކައުންސިލްގެ ލޯންޗް ޑެކޯރާގައެވެ. މިދަތުރުގައި 4 Councilorުންނާއި އތމ Committeeގެ 4 މެމްބަރުންނާއި ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ތެރެއިން 6 މުވައްޒަފުންނާއިއެކު ޖުމްލަ 14 މީހުން ބައިވެރިވެފައިވެއެވެ.


ދ. އަތޮޅަށް ކުރާ ދަތުރުގެ ތެރެއިން 02 ޑިސެމްބަރ 2022 ދުވަހުގެ ރޭގަނޑުވަގުތެއްގައި ދ އަތޮޅު ކައުންސިލް އިދާރާ ގެ އިތުރުން ދ ކުޑަހުވަދޫ ކައުންސިލްގެ މެމްބަރުންނާއި Women's Development Committeeގެ މެމްބަރުންނާއި ބައްދަލުކުރާނެއެވެ. މި ބައްދަލުވުންތަކުގައި ބޮޑަށް މަޝްވަރާކުރާނީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަ ގޮތާއި ރެވިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭގޮތުންނެވެ. އަދި އތމ Committee ޚަރަކާތްތެރިވާ ގޮތްތައްވެސް މި ދަތުރުގައި އަހާ އޮޅުން ފިލުވާނެއެވެ.



މި ކައުންސިލުން ދ އަތޮޅަށް މިކުރާ ދަތުރަކީ 2-7 ޑިސެމްބަރަށް ދ. އަތޮޅުގެ މީހުން ދިރިއުޅޭ All ރަށަކަށް އަމާޒުކޮށްގެން ފަށާފައިވާ ދަތުރެކެވެ. މިދަތުރުގައި 4 ރަށެއްގައި ރޭގަނޑު މަޑުކުރާނެއެވެ. އަދި ދ. އަތޮޅުގެ All ކައުންސިލަކާއި އތމ Committeeއަކާއި ބައްދަލުކޮށް ހިޔާލު ބަދަލު ކުރާނެއެވެ.
މި ދަތުރުގެ މައިގަނޑު ބޭނުމަކީ އަލަށް ކައުންސިލަށް ހުވުނު Councilorުންނާއި އތމ Committeeގެ އިތުރުން ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް، އެހެން ކައުންސިލްތަކުގެ ކަންކަން ތަޖުރިބާ ކޮށްލުމާއި އެހެން ކައުންސިލްތަކާއި އެކު ގުޅުން ބަދަހި ކުރުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމާއި ކައުންސިލްތަކުން އާމްދަނީ ހޯދުމަށް ކުރާކަންކަމާއި އަދި ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި މައިގަނޑު ގޮތެއްގައި ކުރިމަތިވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް މަސައްކަތްކުރާ ގޮތްތައް އުޅުންފިލުވުމުގެ މަޤްޞަދުގައި ކައުންސިލްގެ ބަޖެޓުން ހޭދަކޮށްގެން ކުރާދަތުރެކެވެ. މިދަތުރުގެ All ޚަރަދެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުގެ ބަޖެޓުންނާއި ދ. އަތޮޅުގެ ކައުންސިލާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާއިއެކުގައިކަން ފާހަގަ ކުރަމެވެ.