މިދުވަސްވަރަކީ ރާއްޖޭގައި ހަލުވިކަމާއިއެކު ޑެންގޫ ހުން ފެތުރެމުންދާ ދުވަސްކަށްވެފައި މިރަށުން ޑެންގޫގެ 4 ކޭސް ފެނުމާއި ގުޅިގެން މިކަމަށް ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކައުންސިލާއި މަރުކަޒާއި އަދިވެސް ރަށުގައިހުރި ސަރުކާޒުގެ މުވައްސަސާތައް ގުޅިގެން ޚަރަކާތްތަކެއް ހިންގުމަށް މަޝްވަރާ ކުރެވިއްޖެ. މި ކަމަށް މަޝްވަރާ ކުރެވުނީ Maabaidhoo ޞިއްހީ މަރުކަޒުގެ އެދުމަކަށް މިއަދު 21 މެއި 2022 ދުވަހު ހެނދުނު 10:30 ގައި Maabaidhoo ޔޫތު ސެންޓަރުގައި، ކައުންސިލާއި ޞިއްހީ މަރުކަޒުގެ އިސްވެރިންނާއިއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި މައުލޫމާތު ދެމުން Maabaidhoo ޞިއްޙީ މަރުކަޒުގެ ފަރާތުން މުއުމިނާ މޫސާ ވިދާޅުވީ މިދުވަސްވަރަކީ ހަލުވި ކަމާއިއެކު ދުނިޔޭގައި މަކުނު ވިދުރި ފެތުރެމުންދާ ދުވަސްވަރަކަށްވެފައި ރާއްޖޭގައި ޑެންގީ ހުން އާންމުވެ ފެތުރެމުންދާ ދުވަސްވަރަކަށްވާތީ މިކަމަށް ހާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް. އަދި މިރަށުންވެސް ފެނިފައިވާ ހަތަރު ކޭސް ފެނިފައިވަނީ ރަށުގައި ތަފާތު 03 ސަރަހައްދަކުންނެވެ.

މިކަމާއި ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން މިއަދު 13:30 ގައި ރަށުގައި ތިއްބެވި އަންހެން ބޭފުޅުންނާއި ކައުންސިލާއި މަރުކަޒުން ބައްދަލުކޮށް މި ބަލިތަކާއި ބެހޭގޮތުން މައުލޫމާތު ދެވިފައިވެއެވެ. އަދި މިބަލި އިތުރަށް ކޮންޓުރޯލް ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވެއެވެ. އެގޮތުން ރަށުގައި ހުރި All މުވައްސަސާތަކާއި ގުޅިގެން އަދި ރަށުގެ All ރައްޔިތުން ބައިވެރިގެން މަދި ކޮންޓުރޯލުކުރުމުގެ ޕްރޮގުރާމެއް 22 މެއި 2022 ވާ ހޯމަ ދުވަހު ކުރިއަށްގެންދިއުމަށްވަނީ ނިންމާފައެވެ.

މި ޚަރަކާތުގައި ރަށުގެ All މުވައްސަސާއެއްގެ އިތުރުން އަންހެން ރައްޔިތުންވެސް ބައިވެރިވާގޮތަށް ޕްރޮގްރާމް އިންތިޒާމުކުރި ފަރާތުންވަނީ ނިންމާފައެވެ.