All news

Maabaidhoo ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލު ކުރުން

8 Nov 2025

Maldivesގެ ރައީސުލް ޖުމްހޫރިއްޔާ Mr. އިބްރާހިމް މުޙައްމަދާއި ކައުންސިލްގެ ފަރާތުން ބައްދަލު ކުރެވިއްޖެއެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން President of the Council އިބްރާހީމް ވިސާމާއި އ ފައިނޭންސް އޮފީޝަރ އިސްމާއީލް ރަޝީދާއެކު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޖަލްސާކުރާ މާލަމުގައި 22 މެއި 2022 ދުވަހު މެންދުރުފަހު 14:45 ގައި ބޭއްވުނު ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ރަށުގައި މިހާރު ހިނގާ ޕްރޮޖެކްޓްތަކާއި އަދި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މިހާރު ހިނގަމުންދާ ޕްރޮޖެކްޓް ތަކުގެ އަޕްޑޭޓްސް ރައީސާއި ހިއްސާކުރެވުނެވެ.

މީގެ އިތުރުން މިހާރުން މިހާރަށްވެސް ރަށަށް ބޭނުންވާ ކަންތައްތަކާއި ބެހޭގޮތުން ފުޅާދާއިރާއެއްގައި ރައީސާއިއެކު މަސްވަރާ ކުރެވުނެވެ. މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާގެ ހޮޅިލައިން އަލަށް ގޯތި ދޫކުރާ ސަރަހައްދަށް އެޅުމާއި، އައިސްޕްލާންޓާއި، ޕޮލިސް ސްޓޭޝަނުގެ އިތުރުން ރަށުގެ އިރުމަތީ ފަރާތުން އުދަ އަރާތީ ސަރަހައްދު ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްގެ އިތުރުން އަތޮޅު މަދަރުސާގެ ކްލާސް ރޫމުތަކުގެ ޖާގައިގެ ދަތިކަން ފިލުވުމާއި ސައިސް ލެބާއި މަލްޓި ޕާރޕަސް ހޯލާއި related toގޮތުންނާއި އަދިވެސް ޔޫތު ސެންޓަރަށް ބޭނުންވާ ބަޖެޓާއި ޒުވާނުންނަށް ބޭނުންވާ ފުޓްސެލް ދަނޑާއި related toގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ކުރުމާއި ބެހޭގޮތުން ވެސް މަސްވަރާކުރެވިފައިވެއެވެ.

ކައުންސިލްގެ ފަރާތުން ރައީސާއި ހިއްސާކުރި All ކަމެއް ނޯޓް ކުރައްވާ އެކަންކަމުގެ އަޕްޑޭޓްސް ބައްލަވާނެ ކަމަށްވިދާޅުވިއެވެ. އަދި މި ކަންކަމުގެ ތެރެއިން ރަށުގެ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓަކީ މިހާރުވެސް ބަޖެޓް ކުރެވިފައިވާ ކަމެއް ކަމަށާއި މިކަންތައްތައް މި އަހަރު ތެރޭގައި ކުރިއަށް ދާނެ ކަމުގެ ފެހި ސިގްނަލެއް ރައީސް ދެއްވިއެވެ.

 

އޮފީސް އިމާރާތުގެ ކަންތައްތައް މިހާރު ބަލަހައްޓާނީ އެލްޖީ އޭއިން ކަމަށާއި ދުވަސްވެފައިވާ All ކައުންސިލެއްގެ ލިސްޓް އެލްޖީއޭއިން ރައީސް އޮފީހަށް ލިބިފައިވާ ކަމަށާއި، Maabaidhoo ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތުގެ ކަންތައްތައް ރައީސް ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެލެއްވިއެވެ.

އަދި ރަށުގައި ޕޮލިހުން ޤާއިމްކުރުމަކީ ރައީސްގެ ވައުދެއް ކަމަށާއި އެކަން ދެ އަހަރު ތެރޭގައި ފުއްދަވާނެ ކަމަށްވިދާޅުވި. ސީދާ Maabaidhoo ހިމެނިފައިވަނީ މިއަހަރުތޯ ނުވަތަ އަންނަ އަހަރުތޯ ޗެކްކޮށްލަންޖެހޭނެ ކަމަށާއި މިއަހަރު ކުރިއަށް ދާކަމަށްވާނަމަ ޕޮލިހުން ބޭނުންވާ އެހީތެރިކަން ކައުންސިލްގެ ފަރާތުންވެސް ދެއްވުން އެދޭކަމަށް ވިދާޅުވި.

މި ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ މެމްބަރެއްގެ ހައިސިއްޔަތުން Maabaidhoo President of the Council އިބްރާހީމް ވިސާމު ވަނީ ދެކަމެއް ރައީސުލް ޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އެއީ ކަލައިދޫ ކައުންސިލްގެ އިޙްތިޞާސްތެރޭގައި ހިމެނޭ ފޮނަގާދޫ ކަލައިދޫ ކައުންސިލާއި ހަވާލުކޮށް ދެއްވުން އެދި Nextނެވި Nextނެވުމެއްގެ އިތުރުން ލ ގަން ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް އިތުރުށް ފުޅާކޮށްދެއްވުމާއިއެކު ގަމުގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ވީހާވެސް އަވަހަށް ފައްޓާވާ ދެއްވުން އެދި Nextނެވި Nextނެވުމެކެވެ. މި ދެކަންތައްވެސް ގާތުން ބައްލަވާ އަމަލީ ސިފައެއް ގެނެސް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ Mr. އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ރައީސް އޮފީހުގެ ބައެއް މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ. މި ބައްދަލުވުން ނިމުނީ 15:55 ގައެވެ.