ޔޫތު މިނިސްޓްރީ އާއި މި ކައުންސިލާއި ގުޅިގެން ޤާއިމް ކުރެވިފައިވާ އައުޓް ޑޯ ޖިމް ހިންގާ ބެލެހެއްޓުން މިރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ Committeeއާއި ހަވާލު ކުރެވިއްޖެއެވެ.
މި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ Committeeއާއި ދެމެދު ޤާއިމް ކުރެވުނު އެމް އޯ ޔޫ އެއްގެ ދަށުން އތމ Committeeން މިތަން ހިންގާ ބަލަހައްޓާދޭނީ އިޖްތިމާއީ ޚިދުމަތެއްގެ ގޮތުގައެވެ.
08 ފެބްރުވަރީ 2022 ދުވަހު ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި އތމ Committeeގެ ފަރާތުން މި އެމް އޯ ޔޫގައި ސޮއި ކުރެއްވީ އެ Committeeގެ ރައީސް Ms. ސުރީނާ މުޙައްމަދެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ނައިބު ރައީސް Ms. ފާތުމަތު އަޒުމާކަން ފާހަގަ ކުރަމެވެ.
މިއީ މިއަހަރުގެ މިހާތަނަށް އަދި ކައުންސިލުން ބަޔަކާއިއެކު ސޮއިކުރެވުނު ފުރަތަމަ އެމް އޯ ޔޫ ކަމުގައިވެސް ފާހަގަ ކުރަމެވެ.