All news

ލ ގަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން Maabaidhoo ސްޕޯރޓްސް ކްލަބުން ހޯދައިފި

8 Nov 2025

11 ޖެނުއަރީ 2022 ދުވަހު ހަވީރު ގަމު ޒޯން ސްޓޭޑިއަމުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި Maabaidhooން ލ. ގަމު ތުނޑީ ގޯޅި ސްޕޯޓްސް ކްލަބު 4-0ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ޒޯން ސްޓޭޑިއަމްގެ ސިޑިބަރީގެ އިތުރުން މުޅި ސަރަހައްދުގައިވެސް ސަޕޯޓަރުން ފުރާލާފައި އިއްޔެ އޮތް އިރު، ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ސަޕޯޓަރުންގެ ބެރު ދުންމާރީގެ ބާރު އަޑާއެކު މެޗު ފެށިގެން، ކުރީކޮޅުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފައިނަލެއްގެ ޕްރެޝަރުގައި މެޗު ދަނިކޮށް، އޮއިވަރު ބަދަލުވެގެން ދިޔައީ ފުރަތަމަ ހާފުގައި Maabaidhooގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޖާޒީ ނަންބަރު 12 މުހައްމަދު ވަހީދަށް ދެއްކި ރަތް ކާޑާ އެކުގައެވެ. އެ ރަތް ކާޑާއެކު Maabaidhoo ސަޕޯޓަރުންނާއި ކުޅުންތެރިން އަދި އޮފިޝަލުންވެސް ވަރަށް ބޮޑަށް ރެފްރީއަށް ޝަކުވާކޮށް، ނުރުހުން ފާޅު ކޮށްފައިވެއެވެ.

Maabaidhooގެ ކުޅުންތެރިޔަކު މަދުވުމާއެކުވެސް އެޓީމުން ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތެވެ. ކުރިއަށް ޖެހި އެޓޭކް ކުރުމުގައި Maabaidhoo ފެނުނީ އާދަޔާހިލާފު ވަރުގަދަކޮށެވެ. ހާއްސަކޮށް ކޮންމެ ސެޓްޕީސްއެއްގައި Maabaidhooން ގޯޅީގެ ގޯލަށް ނުރައްކާ ކުރިތަން ފެނިގެން ދިޔައެވެ. މެޗުގައި ހިތްވަރާއެކު ކުޅުނު Maabaidhooގެ ގޯލުތައް އަބްދުﷲ ފަރީސްއާއި ޝާފިއު ރަޝީދު އަދި އިބްރާހިމް ހާނިފް (ޓާގެޓް) ޖަހައިދިން އިރު، ޢަބްދުﷲ ފަރީސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

އިއްޔެގެ ފައިނަލް މެޗުގައި Maabaidhooން ދެ ގޯލު ޖަހާފައި ވަނިކޮށް ގޯޅިއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ގޯޅީގެ ޑިފެންޑަރު އަބްދުﷲ ޝުއާއު ޖެހި ޕެނަލްޓީ Maabaidhoo ގޯލްކީޕަރު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފައެވެ.

މުބާރާތް ނިންމުމަށްފަހު ގަމު ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވި ޔޫތު މިނިސްޓްރީގެ އިތުރުން ގަން ޕޮލިސް އަދި އެމްޓީސީސީއަށްވެސް ހަނދާނީ ލިޔުން އަރުވައިފައެވެ. އޭގެ އިތުރުން މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވާ އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ Maabaidhooގެ މުހައްމަދު އަމީނެވެ.

ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް، އަދި ފައިސާގެ އިނާމް ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހެމާން މިނިސްޓަރު މަހުލޫފެވެ. ޗެމްޕިއަން ޓީމަށް ގަމު ކައުންސިލުން ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.