ލ. ގަމު ކައުންސިލުން މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ގަމު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި L. Maabaidhoo ކައުންސިލް، އަދި ދެވަނަ ޓީމުގެ ގޮތުގައި ގޯޅި ސްޕޯޓްސް ކްލަބު ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މުބާރާތުގެ ގްރޫޕު ބީގެ އެއްވަނައިގައި Maabaidhoo ނިންމާލީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމުގެ ގޮތުގައި ގޯޅި ސެމީއަށް ދިޔަ އިރު، އެޓީމަށް ހަތަރު މެޗުން ލިބެނު ހަތް ޕޮއިންޓާއެކު ފައިދާ ފަސް ގޯލެވެ. ތިންވަނައިގައި އޮތް މާހިންނައަށްވެސް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ސެމީ ގެއްލުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ގްރޫޕް ބީގައި Next ބާކީ އޮތީ މުބާރާތުން ކަޓާފައި އޮތް ޕޮލިހާއި އަމިގޯސް ކުޅޭ މެޗު އެކަންޏެވެ.
Maabaidhoo ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ޔަގީން ކުރީ އިއްޔެ ގަމު ޒޯން ސްޓޭޑިއަމްގައި މާހިންނައާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މެޗަށްފަހު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއްވެސް އިއްޔެ ހިނގާފައިވާ އިރު، Maabaidhooގެ ގޯލުތައް ޖަހައިދީފައި ވަނީ ޝާފިއު އަދި ހަނީފް (ޓާގެޓް) އެވެ.
Maabaidhooން ސެމީގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ޓީމް ކަމަށްވާ ދަނބިދޫ ފުޓްބޯޅަ ކުލަބާ 9 ޖެނުއަރީ 2022 ދުވަހު ލ. ގަން ސްޓޭޑިއަމްގައެވެ