All news

ޖުލައި މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުން

8 Nov 2025

ޤުރުއާނުގެ ބަރަކާތުން މި ބައްދަލުވުން ފައްޓަވާ ދެއްވީ Maabaidhoo ކައުންސިލްގެ އެސިސްޓެންޓް Ms. ފާތިމަތު ސައީދާ މޫންލައިޓް L. Maabaidhooއެވެ.

ބައްދަލުވުން ތައާރަފް ކޮށްދެއްވީ Maabaidhoo ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް އަޙްމަދު ރަޝީދެވެ.

2021 ވަނަ އަހަރު ފުރަތަމަ 6 މަސްދުވަހު ހިންގުނު ޚަރަކާތްތަކުގެ ދެއްވީ Maabaidhoo President of the Council Mr. އިބްރާހިމް ވިސާމެވެ. މިބައްދަލުވުމުގައި  2022 ވަނައަހަރަށް ލަފާކުރާ ބަޖެޓާއި މަސައްކަތު ތާވަލް ހުށައަޅުއްވައި ދެއްވީ ކައުންސިލްގެ އ ފައިނޭންސް އޮފިޝަރ Mr. އިސްމާއިލް ރަޝީދެވެ.

 

 

 

 

 

 

 

މި ބަޖެޓުގައި ކައުންސިލަށް އާމްދަނީ ލިބޭނެ ކަންކަމާއި ކައުންސިލުން އާމްދަނީ އިތުރު ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާއި އަދި 2022 ވަނަ އަހަރު ތަރައްޤީއަށް ހިންގުމަށް ރާވާފައިވާ ޚަރަކާތްތައް ހިމަނާފައިވެއެވެ.

 

 

 

 

 

 

 

 

ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ޖުލައި މަހު ބޭއްވޭ ބައްދަލުވުމުގައި ކުރިއަށްދާނީ ކުރިއަށް އޮތް އަހަރަށް ލަފާކުރާ އަހަރުގެ ބަޖެޓާއި މަސައްކަތު ތާވަލަށް ހިޔާލު ހޯދުމުގެ މަސައްކަތެވެ. މި މަސައްކަތް މި ބައްދަލުވުމުގައި ކުރެވިފައިވާކަން ފާހަގަ ކުރަމެވެ.

 

 

 

 

 

 

 

މިބައްދަލުވުމުގައި 2021 ވަނައަހަރު ހައްދުންމަތި Maabaidhoo ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށް ދެވިފައިވާ ޚިދުމަތްތަކާއި ރަށުގެ ރަށްވެހި ދިރިއުޅުން އުޖާލާކުރުމަށް ކުރެވިފައިވާ  މަސައްކަތްތަކާއި އަދި ރަށުގެ ތަރައްޤީއަށް ކުރެވިފައިވާ މަސައްކަތް ތަކާއިބެހޭގޮތުން President of the Council Mr. އިބްރާހީމް ވިސާމު ވާހަކަފުޅު ދެއްކެވިއެވެ. އަދި ހަމަ އެހެންމެ 2021 ވަނަ ކައުންސިލުން ހަވާލުވީ ފަހުން ހިންގިފައި މާގިނަ ކަންކަން ނެތް ނަމަވެސް މިހާރުވެސް ސަރުކާރުން މި ރަށަށް ގިނަ ޕްރޮޖެކްޓްތަކެއް އަމާޒު ކުރައްވާފައިވާ ކަމަށާއި މީގެ އިތުރުން ކައުންސިލުންވެސް ބޮޑެތި މަސައްކަތްތަކެއް އިޢުލާން ކުރެވި އަދި ބައެއް މަސައްކަތް ނިމިފައިވާކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި އަބަދުވެސް ކައުންސިލުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަސައްކަތަށް ކަމުގައިވެސް ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ރައްޔިތުންނާއި މުހާތަބު ކުރުމަށްފަހު މި ބައްދަލުވުން ނިމުނީ 22:55 ގައެވެ.